މ.މުލީގައި ހިންގާ ގެސްޓް ހައުސްތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ހިންގައިފިއެވެ.
އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ހިންގި މި ހަރަކާތުގައި މުލީގައި ހިންގަމުންދާ ގެސްޓް ހައުސްތަކަށް ޒިޔާރަތްކޮށް، އެތަންތަނުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ދެނެގަނެ، އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން
މައުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން ގެސްޓް ހައުސްތަކުން ޚިދުމަތް ހޯދާ ފަރާތްތަކުން ރަށު ތެރޭގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމާއި އާންމު އިޖުތިމާއީ މިންގަނޑުތަކަށާއި ދިވެހިންގެ އާދަކާދަތަކާއި ފުށުނާރާނެ ގޮތްތަކަށް އަމަލުކުރުމަށް އެފަރާތްތަކަށް ހަނދާންކޮށްދީ ނަސޭހަތްތެރިވުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ. އަދި ގެސްޓް ހައުސްތަކާއި ފުލުހުންނާ ގުޅިގެން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަމާން މުޖުތަމައުއެއް ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މި ޒިޔާރަތްތަކުގައި މަޝްވަރާކޮށްފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




