24 ދުވަހުގެ ތެރޭގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެފްޑީސީއިން ތަރައްޤީކުރި 4000 ސޯޝަލް ހައުސިންގ ޔުނިޓު މަޝްރޫއުގެ 2،000 އަށް ވުރެ ގިނަ އެއްބަސްވުމުގައި ސޮއިކުރެވިއްޖެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ.
މިކަން ހާމަކޮށް އެ ކުންފުނިން ބުނީ އމާޒަކީ ވީއެންމެ އަވަސް މުުއްދަތެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވުނު ފަރާތްތަކާ ޔުނިޓުތައް ހަވާލުކުރުންކަމަށެވެ.
އެފްޑީސީން ވިދާޅުވީ 4000 ހައުސިންގ ޔުނިޓް ތަރައްގީކޮށްފައިވާއިރު، މި ޔުނިޓުތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފިނިޝިންގ މަސައްކަތްތައް ނިންމާފައެވެ.
ފަޚުރުވެރި ކާމިޔާބީއެއް! 24 ދުވަހުގެ ތެރޭގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެފްޑީސީއިން ތަރައްޤީކުރި 4000 ސޯޝަލް ހައުސިންގ ޔުނިޓު މަޝްރޫއުގެ 2،000 އަށް ވުރެ ގިނަ އެއްބަސްވުމުގައި ސޮއިކުރެވިއްޖެ
އެފްޑީސީގެ އަމާޒަކީ ވީއެންމެ އަވަސް މުުއްދަތެއްގެ ތެރޭގައި އެއްބަސްވުމުގައި… pic.twitter.com/9FnQS75v1r
— Fahi Dhiriulhun Corporation Limited (@Fdc_mv) August 26, 2025
4000 ހައުސިންގ ޔުނިޓް ހަވާލުކުރަނީ، 2023ވަނަ އަހަރު ނޮވެމްބަރު 15ވަނަ ދުވަހު ނެރުނު ލިސްޓްގައިވާ މަޢުލޫމާތު އަލުން ވެރިފައިކުރުމަށްފަހު، އެކަމަށް އެންމެ ޙައްގުވެރި ފަރާތްތައްތޯ ދެނެގަތުމަށް ކުރެވުނު މަސައްކަތްތަކަށްފަހުއެވެ. އެގޮތުން އޭސީސީން އެ ލިސްޓްރުގެ މައްސަލަ ބަލާފައިވާއިރު، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ޚާއްސަ ކޮމިޓީއެއް އެކުލަވާލާ އެމައްސަލަ ބަލާފައިވެއެވެ.
އެ 4000 މީހުންގެ ލިސްޓް ރިވިއުކުރުމަށްފަހު، ޝަރުތު ހަމަވާ މީހުންނާ ޝަރުތު ހަމަނުވާ މީހުންގެ ލިސްޓެއް ނެރެފަވެއެވެ.
ޝަރުތު ހަމަނުވާމީހުންނަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ދިނުމަށްފަހު، އެ ޝަކުވާތަކަށް ބަލާ މިހާރު ދަނީ ފްލެޓް ލިބޭ ދާއިމީ މީހުން ކަނޑައަޅަމުންނެވެ. ފްލެޓް ލިބޭ މީހުންނަށް އެކަން ކަށަވަރުކޮށް، އަންނަގަމުންދަނީ ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




