އިންތިޒާމުވެގެން ކުށްކުރާ ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކުގެ ނުހައްގު މުއްސަދިކަމުގެ މައްސަލަތައް ތަހުގީގުކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު އަށް އަމަލުކުރަން ފެށުމާއެކ،ު މި ގާނޫނު ތަންފީޒުކުރުމަށްޓަކައި އެ ޚިދުމަތުގެ ފަރާތުން ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ބަޔާންކޮށް ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައި ކޯޓު މެދުވެރިކޮށ،ް އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕްތައް ކަނޑައެޅުމާއ،ި އެފަދަ ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކުގެ މައްޗަށ،ް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު ނެރުމާއި އަދި އެފަދަ ގްރޫޕްތަކުން ކުރާ އަނިޔާވެރި އަމަލުތަކުން ކުޑަކުދިން
ރައްކާތެރިކުރުމަށް އެ ކުދިންގެ މައްޗަށް ރައްކާތެރިކުރުމުގެ އަމުރު ނެރުމަށ،ް އެ ޚިދުމަތުގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށްޓަކައި ދަނީ ތައްޔާރުވަމުންކަމަށެވެ.
އަދި ރާއްޖޭގައި ޖަމާއަތް ހަދައިގެން ކުށްކުރާ ހުރިހާ ގުރޫޕުތަކުގެ ރިޕޯޓްތައް ތައްޔާރުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ ކަންކަންވެސް ކުރިއަށްގެންދާނެ ކަމަށާއި، ހަމައެއާއެކ،ު އިންތިޒާމުވެގެން ކުށްކުރާ ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކުގެ ނުހައްގު މުއްސަދިކަމުގެ މައްސަލަތައް ތަހުގީގުކޮށް އެފަރާތްތަކުން ނުހައްގުން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތާއި އަދި އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕްތަކަށް ކުޑަކުދިންނާއި ޒުވާނުން ރެކްރޫޓްކުރާ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއްދީގެން ތަހުގީގުކުރަމުންގެންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
"މީގެއިތުރުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕްތައް އެއްވާ ސަރަހައްދުތަކުގައި ފުލުހުންގެ ވިޒިބިލިޓީ އިތުރުކޮށް އެ ސަރަހައްދުތަކުގައި ތިބޭ ފަރާތްތައް ބަލައި ފާސްކުރުމުގެ މަސައްކަތާއި އަދި އިންތިޒާމުވެގެން ހިންގާ ކުށްކުރުމަށް އަމިއްލަ ތަންތަން ބޭނުންކުރަމުންދާތީ އެފަދަ ތަންތަނަށް ރެއިޑްކޮށ،ް ބަލައި ފާސްކުރުމުގެ މަސައްކަތްވެސް ކުރަމުންދާނެ ވާހަކަ ދަންނަވަމެވެ.
ފުލުހުން ބުނީ މިއީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަމުންދާނެ ފިޔަވަޅުތަކެއްކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




