މިނިސްޓްރީ އޮފް ހެލްތު ގެ ޕާމަނަންޓް ސެކެޓްރީގެ މަޤާމަށް ދެވަނަ ދައުރަކަށް އައިޝަތު ސާމިޔާ މިއަދު އައްޔަންކޮށްފިއެވެ.
މިއަދު ހެލްތު މިނިސްޓްރީގައި މިކަމަށްޓަކައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަދި މެމްބަރުން ބައިވެރިވަޑައިގެންނެވިއެވެ.
We extend our warmest congratulations to Ms. Aishath Samiya on her reappointment as the Permanent Secretary of the Ministry of Health for a second term. pic.twitter.com/rJJC59czDo
— Ministry of Health (@MoHmv) August 21, 2025
ހެލްތު މިނިސްޓްރީން ވަނީ ޕާމަނަންޓް ސެކްޓްރީ ސާމިޔާ އަށް މަރުހަބާ ދަންނަވާފައެވެ.ހެލްތު މިނިސްޓްރީއަށް ޕީއެސް ގެ މަޤާމަށް މީހަކު ހޯދަން ދެފަހަރަށް އިއުލާންކުރިއެވެ.
ސާމިޔާ އަކީ ހެލްތު މިނިސްޓްރީގައި ގިނަދުވަސްވަން ދެން މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް