އއ.އަތޮޅު ޙޮސްޕިޓަލްގައި ޑައިލިސިސް ޚިދުމަތް އިއްޔެ ފަށައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އއ.އަތޮޅު ޙޮސްޕިޓަލްގައި ޑައިލިސިސް ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
ރާއްޖޭގައި މިހާރު ޑައިލެސިސްގެ ޚިދުމަތް ނުފެށި އޮތީ 4 އަތޮޅެއްގައެވެ. އެއީ އދ. އަތޮޅާއި ވ. އަތޮޅާއި ފ. އަތޮޅުގެ އިތުރުން ދ. އަތޮޅުގައެވެ.
ޑައިލިސިސްގެ ޚިދުމަތަކަކީ ކިޑްނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީގެ ފަންކްޝަން ވަކިވަރަކަށްވުރެ ދަށްވުމުން ކޮންމެ ހަފްތާއަކުވެސް 2 ނުވަތަ 3 ދުވަހު މެޝީންގެ އެހީގައި ހޯދާ ޚިދުމަތެކެވެ. ޑައިލިސިސް ހެދުމަށް ކޮންމެ ދުވަހަކު 4 ގަޑިއިރު ހޭދަވެއެވެ.
އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން ޑައިލިސިސް ޚިދުމަތް ހޯދުމަށް މާލެއަށް އަންނަން ޖެހޭ ޖެހުމަކީ ދަތިކަމަކަށްވެފައި، ޑައިލިސިސްގެ ފަރުވާ ބޭނުންވާ މީހުން ގިނަ ހިސާބުތައް ބެލުމަށްފަހު، އެ ތަންތަނުގައި އެ ޚިދުމަތް މި އަހަރު ފެށުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް