ރާއްޖޭގެ ކަނޑުގެ ގަވާއިދާ ޚިލާފަށް ވަދެއުޅުނު ބޭރުގެ މަސްބޯޓެއް، ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
މިކަން ހާމަކޮށް އެމްއެންޑީއެފްއިން ބުނީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެއުޅުނު ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިކަމަށާއި އެ ބޯޓުގައި 6 މީހުން ތިބިކަމަށެވެ.
ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެއުޅުނު ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި. 6 މީހުން ތިބި މި ބޯޓު ފެނިފައިވަނީ ކ.ދިއްފުށްޓާ ދިމާ އިރުމަތިން ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުން. pic.twitter.com/1rKoWwYCms
— Maldives National Defence Force (@MNDF_Official) August 20, 2025
އަދި މި ބޯޓު ފެނިފައިވަނީ ކ.ދިއްފުށްޓާ ދިމާ އިރުމަތިން ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުންކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




