މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި މާލޭގެ މަގުތަކާއި ސިނާމާލެ ބްރިޖުގައި 1،000 އަށް ވުރެ ގިނަ އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން ފުލުހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އިރު އެ ހާދިސާތަކުގައި 121 މީހަކަށް އަނިޔާވިއެވެ. އަދި މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ ޖޫން މަހުގެ 30 ގެ ނިޔަލަށް މާލެ އާއި ސިނަމާލެ ބްރިޖު އަދި ހައިވޭގައި 1،101 އެކްސިޑެންޓު ހިނގާފައިވެ އެވެ. އެއީ މާލެ ތެރޭގައި 911 އެކްސިޑެންޓާއި ބްރިޖާއި ހައިވޭގައި 190 އެކްސިޑެންޓެވެ. މީގެތެރެއިން ގިނަ އެކްސިޑެންޓް ހިނގާފައި ވަނީ ދުވާލުގެ ވަގުތުތަކުގަ އެވެ.
އެ ހާދިސާތަކުން 121 މީހަކަށް އަނިޔާވި އިރު އޭގެ ތެރެއިން 61 މީހަކަށް ސީރިއަސް ޒަހަމްތައް ލިބުނެވެ. އަދި 1،107 އުޅަނދަކަށް ގެއްލުން ވެފައިވެ އެވެ.
އެ މުއްދަތުގައި ހިނގި އެކްސިޑެންޓުތަކުގެ 68 ޕަސެންޓު ހާދިސާ ހިނގާފައިވަނީ ދުވާލުގެ ވަގުތުގަ އެވެ. އެއީ 745 އެކްސިޑެންޓެވެ. ރޭގަނޑު ގަޑީގައި 356 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންގެ މައުލޫމާތުތަކުން ދައްކަ އެވެ.
އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލާއި ކާރު ޖެހިގެންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް