ޗިލަަރަންސް އޮމްބަަޑްސްޕާސަަންގެ މަގާމުގައި ހުންނެވި ނިއުމަތު ޝަފީގުގެ ދައުރު އިތުރު ފަސް އަހަރަށް އިތުރު ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
އެގޮތުން މިއަދު ކުރިއަށްދިޔަ ޖަލްސާފައި، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްވަނީ ރައީސްގެ އެ ސިޓީފުޅު، މަޖިލީހަށް ތަޅުމަށް އިއްވައިދެއްވައިފައެވެ.
އެ ސިޓީފުޅުގައި ރައީސް އެދިވަޑައިގެންފައިވަނީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި ނިއުމަތު ޝަފީގުގެ ދައުރު އިތުރު ފަސް އަހަރަށް އިތުރު ކޮށްދިނުމަށް މަޖިލީހުން ގޮތެއް ނިންމައިދެއްވުމަށެވެ.
މަޖިލީހުގެ ތަޅުމުން ވަނީ އެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ދިރާސާކުރަން ފޮނުވައިފައެވެ.
ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމަތު އައްޔަންކުރެއްވީ 2020 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހުއެވެ. އޭނާގެ ފަސް އަހަރުގެ ދައުރު ހަމަވާނީ މިމަހުގެ 23 އަށެވެ. ކުޑަކުދިންގެ ހައްގުތައް ރައްކަތެރިކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ޗިލްރަންސް އޮމްބަޑްސްޕާސަންގެ މައިގަނޑު އެއް ޒިންމާއަކީ އެ ގާނޫނާއި ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ބަލައި، އެ ގާނޫނާއި މުއާހަދާތަކާ އެއްގޮތަށް އަމަލުކުރަމުންދާކަން ކަށަވަރުކުރުމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް