އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިޚްއާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ވުޒާރާގެ އިސްވެރިންނާއި ކޮމިޝަންގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވަނީ އިމާމުންނާއި މުދިމުންނާއި ގުޅޭ ގޮތުން ދިމާވާ ކަންކަމާއި، ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުންނެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ވުޒާރާގެ ކަންކަމުގައި ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ އެ ކޮމިޝަންގެ ރައީސްއަށާއި މެމްބަރުންނަށް ޝުކުރު ދަންނަވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް