މިނިވަން ދުވަހާ ގުޅުވައިގެން މި މަހު 26 ވަނަ ދުވަހު ހުޅުވަން ތައްޔާރު ވަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގ އައު ޓާމިނަލްގެ މިހާރު ކުރިއަށްދާ އޯރެޓް ޕްރޮސެސްގެ ދަށުން މިއަދު މޯލްޑިވިއަންއާ އެކު ޗެކް-އިން ސިސްޓަމްގެ ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފިއެވެ.
މިކަން ހާމަކޮށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޕެސެންޖަރު ޓާމިނަލުން ދަތުރުކުރާ ފުރަތަމަ އެއަރލައިންގެ ގޮތުގައި، މޯލްޑިވިއަންއާއެކު ކުރިއަށްގެންދާ މި ޓްރަޔަލްތަކުގެ ސަބަބުން، ޓާމިނަލް ހުޅުވުމަށްފަހު ފުރަތަމަ ދުވަހުން ފެށިގެން ދަތުރުތައް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭނެ ކަމަށެވެ.
As part of the ongoing ORAT process, a check-in system trial was conducted today with Maldivian. As the first airline set to operate from the new passenger terminal, these trials with Maldivian help us ensure seamless operations from day one once the terminal opens.… pic.twitter.com/0kcu9IsGRw
— Maldives Airports Company Ltd (@MACLmedia) July 9, 2025
އެ އެއާޕޯޓުގެ އާ ފަސިންޖަރ ޓާރމިނަލް ތަރައްޤީ ކުރަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ހިމެނޭހެންކަމަށްވާއިރު، އެ ޓާމިނަލްގައި އެއިރޯ ބޯޑިން ބުރިޖުތަކާއި އެންމެ ފަހުގެ ޒަމާނީ ބެގޭޖު ހޭންޑްލިން ސިސްޓަމްތައް ހުންނާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް