އައްޑޫ ސިޓީ ހުޅުމީދޫގައި ބަޔަކު، މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
މީޑިއާއަށް ފޮނުވި މެސެޖުގައި ފުލުހުން ބުނީ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭގައި ކަމަށާއި އެ މާރާމާރީގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށެވެ. އަދި އެ މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
Advertisement
ފުލުހުން މި މައްސަލަ ތަހުގީގުކުރަމުންދާއިރު، މާރާމާރީގައި އަނިޔާވީ ކުރީގެ ފުލުހަކަށްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އަދި މި މާރާމާރީގެ ވީޑިއޯއެއްވެސް މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް