އަންހެން ހެދުން އަޅައިގެން، ބޭއަދަބީ އަމަލުތައް ހިންގައި ޓިކްޓޮކްގައި އެކަން އާއްމުކޮށްގެން އުޅުނު މުޙައްމަދު ނަބީލް (ޔާޔާ)، ޑްރަގް ޓްރެފިކިންގެ ކުށުގައި އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން ހާމަވާގޮތުގައި، ޑްރަގް ޓްރެފިިންގެ ކުށް ސާބިތުވެފައިވުމާއެކު އުމުރަށް ޖަލަށްލުމުގެ އިތުރުން ނަބީލްއަށް ވަނީ 100،000 ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ.
އަދި މި ފައިސާ 06 ޖުލައި 2025 އިން ފެށިގެން 12 މަސް ދުވަސް ތެރޭގައި މީރާއަށް ދައްކާ ޚަލާސްކުރުމަށްވެސް އަމުރުކޮށްފައިވެއެވެ.
އޭނާގެ މައްޗަށް ކުރި ހުކުމުގައި، އޭނާ ބަންދުގައި ހުރި މުއްތަށް ރިޢާޔަތްކުރާއިރު، ނަބީލްގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން ތަންފީޛުކުރަންޖެހޭ އަދަދަކީ 22 އަހަރާއި 9 މަހާއި 8 ދުވަސް ކަމަށްވެސް ކަނޑައަޅާފައިވެއެވެ.
އަދި މި ހުކުމުގައި ނަބީލްއާއެކު އާދަމް މުހައްމަދު ކިޔާ މީހަކަށްވެސް ހަމަ މިފަދައިން ހުކުމް ކޮށްފައިވެއެވެ.
މީގެ ކުރިން އެކި ފަހަރުމަތިން ޔާޔާ ވަނީ ހައްޔަރުކޮށްފަ އެވެ. ޓިކްޓޮކްގައި ބަރަހަނާވި މައްސަލާގައި އެއް 2022 ވަނަ އަހަރުން ވަނީ އޭނާ އެއް އަހަރާއި އެއް މަހަށް ޖަލަށްލާން ވެސް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފަ އެވެ. އެ ފަހަރު ހުކުމް އައީ އޮރިޔާން ކާޑު ހެދުމުގައި ކުށާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް