އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ އިންފޯގްރަފީ ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އިއުލާނުކޮށްފި އެވެ.
އެގޮތުން އެ އިޢުލާނެއްގައި ބުނެފައިވަނީ ބަޖެޓުގައިވާ މަޢުލޫމާތު އެ ވުޒާރާގެ ފަރާތުން ރައްޔިތުންނަށް ވީހާވެސް ބޮޑަށް ފަހުމްވާގޮތަށް އަދި ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ބޭނުމުގައި 2026 ވަނަ އަހަރުގެ ބަޖެޓާގުޅޭ އިންފޯގްރަފީ ތައްޔާރުކުރުމަށް ބޭނުންވާ ކަމަށާއި ބަޖެޓު ފޮތުގެ ޑިޒައިނާއި ލޭއައުޓް އަދި އިންފޮމޭޝަން ބުކްލެޓެއް ތައްޔާރުކުރުމަށް ގަސްތުކުރެވިފައިވާ ކަމަށާއި، މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އަދި ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ބިޑު އިވެލުއޭޓްކުރުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށާއި އެގޮތުން ބިޑް ހުށަހަޅަންޖެހޭނީ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) އާއި އެއްގޮތަށް ފުރަތަމަ ސިޓީ އުރައިގައި ޓެކްނިކަލް ޕްރޮޕޯސަލް ކަމަށާއި އަދި ދެވެނަ ސިޓީ އުރައިގައި އަގުގެ ޕްރޮޕޯސަލް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އިޢުލާނާއެކު އާންމުކޮށްފައިވާ ޓީ.އޯ.އާރ އާއި އެއްގޮތަށް އިވެލުއޭޝަންގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
މާލީ ވުޒާރާއިން ވަނީ މި މަސައްކަތާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް ޝާއިޢުކޮށްފައެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން އީމެއިލް ކުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މާލީ ވުޒާރާއަށް ވަޑައިގެން ބިޑް ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް