ހުޅުމާލެ އިސްރަށްވެހިންގެ ނާދީގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން އާރޓް ކްލާހެއް ކްލާސްތަކެއް ކުރިއަށް ގެންދަން ފަށައިފިއެވެ.
ހުޅުމާލެ ނާދީ އާއި އާރޓީ ފިންގާސްއާއި ގުޅިގެން ކުރިއަށް ގެންދާ މި އާރޓް ކުލާސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ އަންގާރަ ދުވަހެއްގައި ހުޅުމާލެ އިސްރަށްވެހިންގެ ނާދީގައެވެ. މި ކުލާހުގައި ބައިވެރިވުމަށް ހުޅުމާލެ ނާދީގެ ނަންބަރު 3027587 ގުޅައި ނަންނޯޓް ކުރެވޭނެއެވެ.
ހުޅުމާލެ ނާދީގައި ކޮންމެ އަންގާރަ ދުވަހެއްގައި ކުރިއަށް ގެންދާ އާރޓް ކުލާހުގެ ތެރެއިން.
މި ކުލާހުގައި ބައިވެރިވުމަށް ހުޅުމާލެ ނާދީގެ ނަންބަރު 3027587 ގުޅައި ނަންނޯޓް ކުރެވޭނެ. pic.twitter.com/sdKywCeoTV
— Ministry of Social and Family Development (@MSFDmv) July 1, 2025
އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް