ގދ. ގައްދޫއިން ބީލަމުގެ އުޞޫލުން ބިން ވިއްކުމަށް ނިންމައި އެކަން އިޢުލާންކޮށްފިއެވެ.
އެގޮތުން ގައްދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބީލަމުގެ އުޞޫލުން ވިއްކުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތެރެއިން ޒޯން A ގައި ހިމެނޭ 9 ބިމެއް ބީލަން އުޞޫލުން ވިއްކުމަށް ހުޅުވާލާފައިވާކަމަށާއި ވިއްކުމަށް ހަމަޖެހިފައިވަނީ 701.50 އަކަފޫޓާއި 3،350.85 އަކަފޫޓާ ދެމެދުގެ ބިންތައްކަމަށެވެ.
އަދި ބީލަން އުޞޫލުން ބިން ވިއްކުމަށް ކަނޑައެޑިފައިވާ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 50 ރުފިޔާކަމަށާއި، މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 25 ޖޫން 2025 ވާ ބުދަ ދުވަހާއި 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އާއި ދެމެދު ބިޑް ރަޖިސްޓްރީ ވުމަށްފަހު، 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ބިޑް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.
ބިޑް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި -/500ރ ގެ ނޮން ރިފަންޑަބަލް ފީއެއް ދައްކަންޖެހޭއިރު، ބިޑް ހުށަހެޅުމުގެ 1 ގަޑީއިރުކުރިން ބިޑް ސެކިއުރިޓީގެ ގޮތުގެ ބިޑް ހުށަހަޅާ ޖުމްލަ އަގުގެ %20 އަށްވާ ފައިސާ ކައުންސިލް އިދާއަށް ދައްކަންވާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް