މޯލްޑިވްސް އޮސްޓްރޭލިއާ އެލުމްނައި އާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން އިސްރަށްވެހިންގެ ނާދީ މެންބަރުންނަށް އަމާޒުކޮށްގެން، ކޮމިއުނިޓީ ގާރޑްނިންގ ގެ ނަމުގައި ގަސްއިންދަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއްވަނީ ފަށައިފިއެވެ.
މި ޕްރޮގްރާމުގައި 25 އިސްރަށްވެހިން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުން ޖުލައި 9 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހެއްގެ ހަވީރު 16:00 އިން 17:30 އަށް އިސްރަށްވެހިންގެ ނާދީގައެވެ.
މޯލްޑިވްސް އޮސްޓްރޭލިއާ އެލުމްނައި އާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން އިސްރަށްވެހިންގެ ނާދީ މެންބަރުންނަށް އަމާޒުކޮށްގެން، ކޮމިއުނިޓީ ގާރޑްނިންގ ގެ ނަމުގައި ގަސްއިންދަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއްވަނީ ފެށިފައި. މި ޕްރޮގްރާމުގައި 25 އިސްރަށްވެހިން ބައިވެރިވެފައިވޭ. ޕްރޮގްރާމް… pic.twitter.com/k9skzBoaJO
— Ministry of Social and Family Development (@MSFDmv) June 22, 2025
އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.
އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އެދިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް