ބ. ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިފައިވާކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށް އެމްޓީސީސީން ބުނީ ބ. ހިތާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 70 އިންސައްތަ ނިމިފައިވާކަމަށާއި މިހާރު ކުރިއަށް ދަނީ ބްރޭކްވޯޓާގެ ޕްރޮފައިލިންގ މަސައްކަތާއި ކުއޭ ވޯލް ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަސައްކަތް ކަމަށެވެ.
Project Update: Design and Build of B.Hithaadhoo Harbour Breakwater and Quaywall
Breakwater profiling works are currently ongoing at project site. Overall project progress stands at 70%.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC… pic.twitter.com/hspKB9GvIX
— MTCC Plc (@MTCCPlc) June 22, 2025
ހިތާދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރޭގައި 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 495 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި މަރާމާތު ކުރުން ހިމެނެއެވެ.
އަދި ބްރިޖެއް ހެދުމާއި، 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޕްލެޓްފޯރމެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މި މަސައްކަތައް އެކުންފުންޏާއި ޙަވާލުކުރީ 17.7 މިލިޔަން ރުފިޔާއަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް