2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެެއްދެވި ޚާއްސަ ރިޔާސީ ކޮމިޝަނުގެ މަސައްކަތްތައް ނިންމައި، ކޮމިޝަނުގެ ރިޕޯޓު ޝާއިޢުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.
ކޮމިޝަނާ ޙަވާލުކުރެވުނު މަސައްކަތް ނިންމައި، ކޮމިޝަނުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާ ކަމަށް ބުނެ އެކްސްގައި ކުރި ޕޯސްޓް ރީޕޯސްޓް ކުރައްވައި ރައީސް ވިދާޅުވީ، ކޮމިޝަންގެ ރިޕޯޓު ލިބިވަޑައިގެންފައިވާ ކަމަށާއި، މުޅި ރިޕޯޓު ޝާއިޢުކުރުމަށް އިރުޝާދު ދެއްވާފައިވާނެ ކަމަށެވެ.
Received the report from the Commission. Instructed to publish it in full. https://t.co/fF0l8sWxl1
— Dr Mohamed Muizzu (@MMuizzu) June 17, 2025
ރައީސް އެ ކޮމިޝަން އުފައްދަވާފައިވަނީ 2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަޙުޤީޤެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ކުރުމަށެވެ.
ކޮމިޝަނާ ޙަވާލުކުރެވުނު މަސައްކަތް ނިންމައި، ރިޕޯޓު ރައީސްއަށް އަރުވައިފި
ކޮމިޝަން ރައީސް އުފެއްދެވީ އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލި ޒުވާނުންތަކެއް މުޒާހަރާވެސް ކުރިފަހުންނެވެ.
އެ ކޮމިޝަންގައި ތިއްބަވާ މެމްބަރުންނަކީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދާއި އައިމިނަތު އީނާސް އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް