ހދ ހަނިމާދޫގައި ފުޑް ސެކިއުރިޓީއަށް ހަނިމާދޫގައި ކުރެވިދާނެ ކަންކަމާއި، ކުރިމަތިވާ ގޮންޖެހުންތަކާއި ބެހޭގޮތުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އެރަށު ކައުންސިލްގެ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކުރައްވައިފިއެވެ.
އެ ބައްދަލުވުން ބާއްވާފައިވަނީ ހދ. އަދި ހއ. ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ހަނިމާދޫ ކައުންސިލާއި ބައްދަލު ކުރެއްވުން.
މި ބައްދަލުވުމުގައި ފުޑް ސެކިއުރިޓީއަށް ހަނިމާދޫގައި ކުރެވިދާނެ ކަންކަމާއި ، ކުރިމަތިވާ ގޮންޖެހުންތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވި pic.twitter.com/mdXkfRGi8w— Ministry of Agriculture and Animal Welfare (@MAAWmv) June 16, 2025
އެގޮތުން ހަނިމާދޫއަށް ކުރެއްވި މި ޒިޔާރަތުގައި ވަޒީރު ވަނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތްކުރައްވައި ދަނޑުވެރިކަމުގެ އެކި މަޝްރޫއުގެތެރެއިން ހައްދާފައިވާ ގަސްތައް ބައްލަވާލައްވަވާ، އެ މަޝްރޫޢުތަކާއި ބެހޭ މަޢުލޫމާތުތައް އޮޅުންފިލުވާފައެވެ.
އަދި އެކަމަނާ ވަނީ ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހދ. ހަނިމާދޫ ކައުންސިލަށް ބަނބުކެޔޮ ގަސް ހަދިޔާކޮށްފިއެވެ. ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހދ. ހަނިމާދޫ ގައި ބަނބުކެޔޮ ގަސް ހެއްދުމަށްޓަކައި އެރަށުކައުންސިލަށް ވަނީ 50 ގަސް ވަނީ ހަދިޔާކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް