ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 3.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ހޭދަކޮށްފި އެވެ.
ރާއްޖޭގެ ޒަކާތު ހައުސްއިން އާންމުކުރި ރިޕޯޓުތައް ދައްކާ ގޮތުން ޖެނުއަރީ މަހު ޒަކާތު ފަންޑުން 102 މީހެއްގެ ބޭސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އެހީގެ ގޮތުގައި ހަމަޖެހިފައިވާ 1.5 މިލިއަން ރުފިޔާއެވެ. އެ ރުފިޔާގެ ތެރެއިން އެ މަހު ހަރަދު ކޮށްފައި ވަނީ 761،287 ރުފިޔާ އެވެ.
ޖެނުއަރީ މަހު ބޭސްފަރުވާއަށް ދޫކުރެވުނު އެހީ:
- ޓްރާންސްޕްލާންޓް - 405،493.11 ރުފިޔާ
- ކެންސަރު - 199،303.50 ރުފިޔާ
- ޕުއްޕާމޭގެ ބަލިތަކަށް - 90،000 ރުފިޔާ
- ހިތުގެ ބަލިތަކަށް - 56،007.24 ރުފިޔާ
- ކިޑްނީގެ ބަލިތަކަށް - 42،405 ރުފިޔާ
- ސިކުނޑީގެ ބަލިތަކަށް - 16،962 ރުފިޔާ
- އެހެނިހެން ބަލިތަކަށް - 699،737.21 ރުފިޔާ
އަދި ފެބްރުއަރީ މަހު 89 މީހަކަށް ބޭސްފަރުވާގެ އެހީ ވަނީ ހަމަޖައްސައިދީފައިވާއިރު، އެ މަހު އެހީއަށް ހޭދަކޮށްފައި ވަނީ އެކަމަށް ހަމަޖެހުނު 853،100 ރުފިޔާގެ ތެރެއިން 759،128 ރުފިޔާ އެވެ.
ފެބްރުއަރީ މަހު ބޭސްފަރުވާއަށް ދޫކުރެވުނު އެހީ:
- ކެންސަރު - 195،063 ރުފިޔާ
- ކިޑްނީގެ ބަލިތަކަށް - 90،592.50 ރުފިޔާ
- ހިތުގެ ބަލިތަކަށް - 33،924 ރުފިޔާ
- ޓްރާންސްޕްލާންޓް - 25،443 ރުފިޔާ
- ސިކުނޑީގެ ބަލިތަކަށް - 12،721.50 ރުފިޔާ
- އެހެނިހެން ބަލިތަކަށް - 495،356 ރުފިޔާ
މާޗް މަހު 68 މީހެއްގެ ބޭސް ފަރުވާއަށް 847،278.50 ރުފިޔާ ހަރަދުކޮށްފައިވާއިރު އެހީގެ ގޮތުގައި ދިނުމަށް އެ މަހު 2.2 މިލިއަން ރުފިޔާ ހަމަޖައްސާފައިވާކަމަށް އެ ރިޕޯޓުތަކުން ދައްކައެވެ.
މާޗް މަހު ބޭސްފަރުވާއަށް ދޫކުރެވުނު އެހީ:
- ކެންސަރު - 829،042.42 ރުފިޔާ
- ސިކުނޑީގެ ބަލިތަކަށް - 278،670.24 ރުފިޔާ
- ކިޑްނީގެ ބަލިތަކަށް - 85،581 ރުފިޔާ
- ހިތުގެ ބަލިތަކަށް - 25،443 ރުފިޔާ
- ޕުއްޕާމޭގެ ބަލިތަކަށް - 22،157 ރުފިޔާ
- އެހެނިހެން ބަލިތަކަށް - 985،629.35 ރުފިޔާ
އަދި އެޕްރީލް މަހު އެ ފަންޑުން 1.7 މިލިއަން ރުފިޔާ ބޭސް ފަރުވާއަށް ހަމަޖައްސައިދީފައިވާއިރު އެހީގެ ގޮތުގައި 111 މީހަކަށް 1.1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
އެޕްރީލް މަހު ބޭސްފަރުވާއަށް ދޫކުރެވުނު އެހީ:
- ސިކުނޑީގެ ބަލިތަކަށް - 506،458.64 ރުފިޔާ
- ކެންސަރު - 301،075.50 ރުފިޔާ
- ހިތުގެ ބަލިތަކަށް - 54،240.50 ރުފިޔާ
- ޓްރާންސްޕްލާންޓް - 50،886 ރުފިޔާ
- ކިޑްނީގެ ބަލިތަކަށް - 40،324 ރުފިޔާ
- އެހެނިހެން ބަލިތަކަށް - 772،646.87 ރުފިޔާ
ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާކޮށް އައު ހަރުފަތަކަށް ގެންދިޔުމާއި ޒަކާތުގެ އިލްމު ފެތުރުމާއި ޒަކާތުގެ ހުކުމްތަކާ މެދު އާންމުން ހޭލުންތެރިކުރުވުމާއި އަދި ޒަކާތް އަދާކުރާ މިންވަރު އިތުރުކޮށް، ޒަކާތު ފަންޑު ގުނަކޮށް ރާއްޖެއިން ފަގީރުކަން ނައްތާލުމަށް މަސައްކަތް ކުރުމަކީ ޒަކާތު ހައުސްއިން ކުރާ މައިގަނޑު ކަންތައްތަކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް