މިވަގުތާ ހަމައަށް ދިވެހި 489 ހައްޖުވެރިން މައްކާއަށް ވާޞިލްވެވިއްޖެކަމަށް އިސްލާމީކަންތައްތަކާބެހޭ ވަޒީރު އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވަމުން ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ އެންމެހައި ހައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށެވެ.
މިވަގުތާ ހަމައަށް ދިވެހި 489 ހައްޖުވެރިން މައްކާއަށް ވާޞިލްވެއްޖެ. އެންމެހައި ހައްޖުވެރިންގެ ޙާލުވެސް ރަނގަޅު. ދިވެހިރާއްޖޭގެ ހައްޖުމިޝަނުންދަނީ ހައްޖުވެރިންގެ ހާލު ވަރަށް ގާތުން ބަލަމުން. ހައްޖު ކޯޕަރޭޝަނުންވަނީ ފުރިހަމަ އިންތިޒާމުތަކެއް ކޮށްފަ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) May 28, 2025
އަދި ދިވެހިރާއްޖޭގެ ހައްޖު މިޝަނުންދަނީ ހައްޖުވެރިންގެ ހާލު ވަރަށް ގާތުން ބަލަމުންކަމަށާއި، ޙައްޖު ކޯޕަރޭޝަނުންވަނީ ފުރިހަމަ އިންތިޒާމުތަކެއް ކޮށްފައިކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް