ހުޅުމާލެ ފޭސް 1 އެއްގެ ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފިއެވެ.
މިކަން ހާމަކޮށް ފުލުހުން ބުނީ، ދަފްތަރު ނަންބަރު ރސ 3678 / މާލެ، ޙުސައިން ޢަބްދުލްމަޖީދު (26އ) އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.
އަދި އޭނާ ހާޟިރުކުރަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށްކަމަށާއި، ހާޒިރުވާންޖެހެނީ ހުޅުމާލެ ފޭސް 1 އެއްގެ ޕޮލިސް ސްޓޭޝަން، 2025 މެއި 28 ވަނަ ދުވަހުގެ 10:00 އަށްކަމަށް ފުލުހުން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް