މިކަން ހާމަކޮށް ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ ގިނަ މަސައްކަތްތައް އެ ވުޒާރާއިން ކުރަމުންދާކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހަމަޖެއްސުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ދެމެދު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.… pic.twitter.com/dMgubBIxjq
— Ministry of Social and Family Development (@MSFDmv) May 18, 2025
ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތަކުގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދެއެވެ. އެއްވެސް މީހެއް ބާކީނުކޮށް، ނުކުޅޭދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ހަމަހަމަ ފުރުޞަތު ހޯދައިދީ އެމީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދީ މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމްކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް