ފާއިތުވި ދެ ހަފްތާގެ ތެރޭގައި ރާއްޖެއަށް 30،231 ފަތުރުވެރިން ޒިޔާރާތްކުރި ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ނެރުނު ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މޭ މަހުގެ 14 އާ ހަމައަށް މިމަސްތެރޭގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 70،466 (ހަތްދިހަ ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ހައެއް) މީހުންނެވެ. މިއާއެކު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ 901،210 (ނުވަ ލައްކަ އެއް ހާސް ދުއިސައްތަ ދިހަ) އަކަށް އަރާފައެވެ.
މި ނިމުނު ހަފްތާގެ ތެރޭގައި އެންމެ ގިނަ ފަތުރުުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެއީ 4428 ފަތުރުވެރިންނެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ، 4194 ފަތުރުވެރިންނެވެ.
Maldives Tourism Update
Issue: 16
Download link: https://t.co/7ZrvGyeHyO pic.twitter.com/WvySekC1Tg— Ministry of Tourism and Environment (@MoTmv) May 16, 2025
ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން 640،026 ފަތުރުވެރިން ގޮސްފައިވަނީ ރިސޯޓުތަކަށެވެ. 211،584 ފަތުރުވެރިން ގޮސްފައިވަނީ ގެސްޓުހައުސްތަކަށެވެ. އަދި 26،634 ފަތުރުވެރިން ދިޔައީ ހޮޓާތަކަށެވެ. އޭގެ އިތުރަށް 22،380 ފަތުރުވެރިން އެ ރަށުގެ އުޅަނދުތަކަށް އައިސްފައިވެއެވެ.
މި އަހަރު މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވަނީ 103،072 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ރަޝިޔާއިން އައިސްފައިވަނީ 97،123 ފަތުރުވެރިންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިނގިރޭސިވިލާތުން 79،557 ފަތުރުވެރިން އައިސްފަައިވެއެވެ.
ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ފާއިތުވި ހަފްތާގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާއިރު އޭގެ ތެރޭގައި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ހިންގި މެންބަރު ފޯރަމް 2025 ގައި ޓުރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ބައިވެރިވެ ވަޑައިގަތުން ހިމެނެއެވެ. އަދި ހަމަ އެ ފޯރަމުގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނިޔާޒު ބައިވެރިވެ ވަޑައިގަތެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް