މޯލްޑިވްސް އިމިގްރޭޝަންގެ ވަޒީފާއަށް 50 އޮފިސަރުން ހޯދަން ވޯކިން އިންޓަވިއުތަކެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މިކަން ހާމަކޮށް އިމިގްރޭޝަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެއްފަހަރާ 50 އޮފިސަރުން ނަގާ ގޮތަށް ވޯކިން އިންޓަވިއު ކުރިއަށްގެންދަން ނިންމާފައިވާކަމަށާއި، އެ އިންޓަވިއުތައް އޮންނަ ދުވަހާއި ގަޑި ފަހުން ހާމަކުރާނެ ކަމަށެވެ.
އިމިގްރޭޝަނުގެ ވެބްސައިޓުގައިވެސް މި އިންޓަވިއުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްފައިވާއިރު، މިއީ މިފަދަ ގޮތަކަށް އިމިގްރޭޝަނުން އަލަށް ކުރިއަށްގެންދާ އިންޓަވިއުތަކެކެވެ.
We are Recruiting 50 Immigration Officer Trainees!
Get ready for walk-in interviews.
More details: https://t.co/MvfKkQ5v1g pic.twitter.com/yw8wwe4gp3
— Maldives Immigration (@ImmigrationMV) May 13, 2025
މި އިންޓަވިއުތަކަށް ހޮވުމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ؛
- ސާނަވީ ނުވަތަ ސެކަންޑަރީއާ އެއްވަރުގެ އިމްތިހާނުން ދެ މާއްދާއިން މަދުވެގެން "ޑީ" ގްރޭޑެއް ހާސިލްކޮށްފައިވުމާއެކު ސެކަންޑަރީ ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓްގައި މަދުވެގެން ދިވެހި ބަހުން "ސީ" ގްރޭޑެއް ހާސިލްކޮށްފައިވުން؛ ނުވަތަ އެމްއެންކިއުއެފް ލެވެލް 3 ސެޓްފިކެޓް ފުރިހަމަކޮށްފައިވުން.
- އިއުލާނުކުރާ މުއްދަތު ހަމަވުމުގެ ކުރިން އުމުރުން 40 އަހަރުން ދަށުގެ މީހަކަށްވުން
އިމިގްރޭޝަނުން ބުނީ މިއީ ގައުމަށް ހިދުމަތްކުރާ ޚާއްސަ ޓީމެއްގައި ބައިވެރިވުމަށް ޒުވާނުންނަށް ލިބޭ އަގުހުރި ފުރުޞަތެއްކަން ފާހަގަކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް