މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ހާއްސަ ކޮމިޝަނުން، އެ މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަޙްމަދު ޛިލާލާ ބައްދަލުކޮށްފިއެވެ.
އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރަން މިދިޔަ މަހުގެ 28 ގައި އުފެއްދި ފަސް މެމްބަރުންގެ އެ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކޮމިޝަނުން މިއަދު ރައުދު އަޙްމަދު ޛިލާލާ ބައްދަލުކޮށް، ހާދިސާއާ ގުޅޭގޮތުން ސުވާލުކޮށްފައިވާކަމަށެވެ.
ކޮމިޝަނުން މިއަދުވަނީ ރައުދު އަޙްމަދު ޛިލާލާ ބައްދަލުކޮށް، ހާދިސާއާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.
— Inquiry Commission (@InquiryCom) May 12, 2025
ރިޔާސީ ކޮމިޝަނުން މިހެން ބުނެފައިވާއިރު، އިއްޔެ އެެ ކޮމިޝަނުން ބުނީ އެ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރާތްކޮށް، ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކޮށްފައިވާކަމަށެވެ. އަދި އެ މައްސަލައާ ގުޅުންހުރި ފަރާތްތަކުން މައުލޫމާތު ސާފުކުރަން ފަށާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް