ކޮރަޕްޝަން މަދު ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޓްވެފައި ތިބި ސިޔާސީ މީހުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ދިވެހިރާއްޖެ 2.0 އިފްތިތާހުކުރުމާ ގުޅިގެން، އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، ކޮރަޕްޝަނާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތަކީ އުއްމީދު އާލާވާ މަސައްކަތެއްކަމަށް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
”ކޮރަޕްޝަނާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރެއްވުމަކީ އުއްމީދު އާލާވާ ކަމެއް. ކޮރަޕްޝަން މަދު ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޓްވެފައި ތިބި ސިޔާސީ މީހުން ގިނަވުމާއި، ސިސްޓަމްތައް ކޮރަޕްޓް ކުރުން. މި ސަރުކާރުން ކޮރަޕްޝަން މަދު ކުރާނެކަން ޔަޤީން“
ވަޒީރު… pic.twitter.com/zUDw5F9eKB
— Ministry of Cities, Local Government, Public Works (@MoCLPmv) May 10, 2025
ވަޒީރު ވިދާޅުވީ، ކޮރަޕްޝަން މަދުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޓްވެފައި ތިބި ސިޔާސީ މީހުން ގިނަވުމާއި ސިސްޓަމްތައް ކޮރަޕްޓުކުރުން ކަމަށެވެ. އަދި މިކަންކަން މިސަރުކާރުން މަދުކުރާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް އިފްތިތާޙުކޮށްފައިވާ "ދިވެހިރާއްޖެ 2.0" ގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ކޮރަޕްޝަން ނައްތާލުންކަމަށާއި ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ނިޒާމަކީ އޮޓޮމޭޓުކުރެވި ޑިޖިޓަލައިޒްކޮށްފައިވާ ނިޒާމަކަށް ބަދަލުކުރެވިއްޖެނަމަ، މަޤާމުގެ ނުފޫޒު ފޯރުވުމާއި ނާޖާއިޒު ފައިދާ ނެގުމަށް ލިބޭ ފުރުޞަތު ހަނިކުރެވި، ދެފުށް ފެންނަ މިންވަރު އިތުރުވެ، މަޢުލޫމާތު ހޯދައި ލިބިގަތުމުގައި ލުއިފަސޭހަވެ، ބޮޑުތަނުން ކޮރަޕްޝަން ނައްތާލެވޭނޭކަމަށް ރައީސް ވަނީ ވިދާޅުވިއެވެ.
އަދި މި މަޝްރޫއު އިފްތިތާހުކުރުމާއެކު ސިޔާސީ އިދިކޮޅު ފަރާތްތަކުން އަންނަނީ މި މަސައްކަތާ ދެކޮޅަށް ވާހަކަދައްކަވަމުންނެވެ. އެހެންކަމުން، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތެއް ފަށާއިރަށް އެގޮތަށް އަމަލުނުކުރުމަށާއި މި މަސައްކަތުގައި ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ރައީސް ވަނީ ސިޔާސީ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް