ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑު މެންބަރުކަމުން އަޙްމަދު ޢަލީ އިސްތިއުފާ ދެއްވައިފިއެވެ.
މިކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު މެންބަރުކަމުގައި ހުންނެވި މއ. ވޭސަިއޑް 805 ފްލެޓް، އަލްފާޟިލް އަޙްމަދު ޢަލީ، 23 އޭޕްރީލް 2025 ގައި އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ ބޭފުޅާގެ އިސްތިއުފާ ޤަބޫލުކޮށް އެ މަޤާމުން ވަކި ކުރެވިފައިވާ ކަމަށެވެ.
މި ބޭންކަކީ ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށްޓަކައި 2024 ވަނަ އަހަރުގރ މޭ މަހު 16 ވަނަ ދުވަހު އުފެއްދެވި ބޭންކެކެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑު މެންބަރުކަމުގެ މަޤާމުގައި ހުންނެވި މއ. ވޭސަިއޑް 805 ފްލެޓް، އަލްފާޟިލް އަޙްމަދު ޢަލީ، 23 އޭޕްރީލް 2025 ގައި އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ ބޭފުޅާގެ އިސްތިއުފާ ޤަބޫލުކޮށް އެ މަޤާމުން ވަނީ ވަކި ކުރެވިފައެވެ.
— Privatization & Corporatization Board (@pcb_gov) April 24, 2025
އެ ބޭންކުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވާފައިވަނީ މާލީ ދާއިރާއިން 25 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންހުންނެވި ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް