ވޭޕް ބޭނުން ކުރުމާއި ވިއްކުން ރާއްޖޭގައި މަނާ ކުރީ އާއިލީ މައްސަލައަކާ ހެދި ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ޒުވާނުންގެ އާބާދީއަށް ހާއްސަ ކުރައްވައިގެން، މީސް މީޑިއާގައި މިއަދު އާންމުކުރެއްވި ސިލްސިލާ ޕޮޑްކާސްޓް "ސްޕޮޓް އޮން"ގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނަކީ އަބަދުވެސް ދުންފަތުގެ އިސްތިއުމާލް ކުރުމާ ދެކޮޅު ބޭފުޅެއް ކަމަށާއި ރާއްޖޭގައި ވޭޕް މަނާކުރީ ޢާއިލާގެ މައްސަލައަކާ ހެދީކަމަށް ވާހަކަ ދެކެވުނަސް އެއީ ތެދު މަޢުލޫމާތެއްނޫންކަމަށެވެ.
"ދެނޯ" ގެ އެއް ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ވޭޕް މަނާ ކުރުމުގެ ވާހަކަ ވަރަށް ކުރީއްސުރެ ފަށައިގެން ދައްކަމުން އައި ކަމަށާއި ވޭޕް ބޭނުންކޮށްގެން ޑްރަގް ބޭނުންކުރުން އިތުރުވެ، ސްކޫލް ކުދިންނާއި ކުޑަކުދިންގެ މެދުގައި މިކަން ފެތުރެމުންދާތީ، ގިނަ ބެލެނިވެރިން މިކަމާ ކަންބޮޑުވެ ޕެޓިޝަން ހުށަހަޅާފައިވާ ކަށާއި އަދި އެގޮތަށް ޝަކުވާ ޕެޓިޝަން އައުމުން ދެންކެބިނެޓްގައި މަޝްވަރާ ކުރެއްވުމަށްފަހު، މިކަން އިތުރަށް ނުފެތުރޭނެ ގޮތަށް ވޭޕް މަނާކުރަން ނިންމެވި ކަމަށެވެ.
އަދި އެމަނިކުފާނުގެ އެ ނިންމެވުމުގެ ސަބަބުން އެމަނިކުފާނުގެ ޢާއިލާއާ ގުޅުވައިގެން ދޮގު މަޢުލޫމާތުތައް ފަތުރަމުން ދިޔުންވީ، ހިތްދަތި އިހްސާސްތަކެއް ކުރެވޭކަމެއްކަމަށާއި ނަމަވެސް ކެތްތެރިކަން އިސްކުރައްވަން އަބަދުވެސް މަސައްކަތްކުރައްވާތީ، ދެރަފުޅުވިޔަސް ކެތްތެރިވެވަޑައިގަންނަވާނެކަމަށެވެ. އަދި އެމަނިކުފާނުގެ ދަރިންނަކީ އަޚްލާޤް ރަނގަޅު ދަރިންތަކެއްކަމަށްވެސް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން އީ-ސިނގިރޭޓާއި ވޭފް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ވިއްކުމާއި ހިލޭ ބެހުމާ އަދި ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ. އަދި އެފަދަ ތަކެތި ބޭނުން ކުރާ ނަމަ، ބޮޑެތި އަދަދުތަކުން ދަނީ ޖޫރިމަނާ ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް