މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރޭވުންތެރިކަމާއެކު ކުރިއަށް ދިއުމަށްޓަކައި މަޝްވަރާކުރުމަށް 9 ވަނަ މޮންސޫން ފޯރަމް މިއަދު އައްޑޫ ސިޓީ ގަމުގައި ފެށިއްޖެއެވެ.
މަޢުލޫމާޓު ލިބޭގޮތުގައި، މި ފޯރަމްގައި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި މިއީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ފޯރަމަކަށްވާއިރު މި ފޯރަމުގެ މައިގަނޑު މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށް، އެ ބަދަލުތަކަށް ތައްޔާރުވުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރުންކަމަށް މަޢުލޫމާތު ލިބެއެވެ.
The 9th Monsoon Forum is underway today in Gan, Addu City, bringing together stakeholders from Fuvahmulah City and Addu City, to enhance climate-informed planning and anticipatory action. @MoTmv @NDMAmv pic.twitter.com/Aq105HUKBH
— Maldives Meteorology (@MetMaldives) April 17, 2025
މި ފޯރަމްގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ތަފާތު ސެޝަންތަކެއް ކުރިއަށްގެންދަން ހަމަޖެހިފައިވާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވެދާނެ ގޮންޖެހުންތަކަށް ތައްޔާރުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މި ފޯރަމްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.
މީގެ އިތުރުން، މި ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ އިޤްތިޞާދީ އަދި އިޖްތިމާޢީ އަސަރުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރުމަށް ނިންމާފައިވާއިރު، ފޯރަމްގެ ނިންމުން ޖަލްސާގައި، ބައިވެރިންގެ މެދުގައި މަޝްވަރާކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ތަނުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ހުށަހެޅުންތަކެއް އެކުލަވާލެވޭނެ ކަމަށް ބެލެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް