ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އަށް ޒަމާނީ ތަރައްޤީ ގެނައުމަސް ޖާޕާނުން ވެދެއްފާއިވާ އެހީތެރިކަން ފާހަގަކޮށް ކުރިއަށް އޮތް ތަނުގައި އެހީތެރިކަން ދިނުމާއި ގުޅޭގޮތުން ޖަޕާނުން ރާއްޖެއަށް އަލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މސ. އިޝިގާމީ ރޫމިކޯއާ މަޝަވަރާކޮށްފިއެވެ.
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ގެ އަރިހަށް ސަފީރު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި މިނިސްޓަރ ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޖަޕާނުން އަބަދުވެސް ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މަސްވެރިކަމުގެ ތަރައްގީއަށް ހުރިހާ ދާއިރާއަކުން ކުރިއަށް އޮތް ތަނުގައިވެސް އެއްބާރުލުން ދެއްވުމުގައި ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ސަފީރު ވަނީ ދެއްވާފައެވެ.
Minister Ahmed Shiyam met with the newly appointed Ambassador Extraordinary and Plenipotentiary of Japan to the Maldives, H.E. Mrs. Ishigami Rumiko. Minister Shiyam expressed gratitude for Japan's continued support in the development of the fisheries sector. The Ambassador… pic.twitter.com/TaUEW29xXh
— Ministry of Fisheries and Ocean Resources (@MFORmv) April 15, 2025
އަދި ރާއްޖޭގައި ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާ ކުރުމަށް ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކަށްވެސް ވަނީ އަލިއަޅުވާލައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް