ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް، އައު ބޭފުޅަކު މިއަދު ޢައްޔަނުކޮށްފިއެވެ.
އެގޮތުން ޕީސީބީން ހާމަކޮށްފައިވާގޮތުގައި، އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކޮށްފައިވަނީ، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ގެ މަޤާމުގައި ހުންނެވި އިބްރާހިމް ތައާމު މުހައްމަދުއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް، މ. ބްލޫނައިލް، އަލްފާޟިލް އިބްރާހިމް ޠަޢާމު މުޙައްމަދު މިއަދު ވަނީ އައްޔަނުކުރެވިފައެވެ.
— Privatization & Corporatization Board (@pcb_gov) April 15, 2025
ތަޢާމް އެޗްޑީސީގެ ބޯޑަށް ޢައްޔަނުކޮށްފައި މި ވަނީ އެ ބޯޑުގެ މެމްބަރުކަށް ހުންނެވި ކުރިން ހުންނެވި ހއ. ފިއްލަދޫ، މަބުސްތާނުގޭ މުޙައްމަދު ވަހީދު މި މަހުގެ 6 ގައި ވަކިކުރުމަށް ފަހު އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް