ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު ދެކުނުބުރީގެ ހުރިހާ ރަށަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ދ. ރިނބުދޫއަށް ވަޑައިގެންފިއެވެ. ރިނބުދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
އާދީއްތަ ދުވަހުގެ ހަވީރު ފެއްޓެވި މި ދަތުރުފުޅުގައި ރިނބުދޫއަކީ އެމަނިކުފާނު ޒިޔާރަތްކުރެއްވި 6 ވަނަ ރަށެވެ. މި ދަތުރުފުޅުގެ ތެރެއިން ރިނބުދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވުމާއި، ރަށު ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވުން ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ރިނބުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ، އެރަށުގެ ތަރައްޤީއާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ، އެމަނިކުފާނުގެ ރިޔާސީ ދައުރުގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެފަހަރު ޒިޔާރަތްކުރެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދައުރުގައި މިހާތަނަށް އެމަނިކުފާނު ވަނީ އެންމެ ރަށެއްގެ ކައުންސިލް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލްތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް