ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު މެންދުރުފަހު ބަނޑިދޫ ސްކޫލުގައި ބޭއްވުނު ބައްދަލުވުމެއްގައި އެރަށުގެ އިސްރަށްވެހިންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ.
ބައްދަލުވުމުގައި އިސްރަށްވެހިން ވަނީ ރަށުގެ އެންމެ އިސް އަދި މުހިންމު ބޭނުމެއްގެ ގޮތުގައި ބިން ހިއްކުމުގެ މަޝްރޫޢު ފާހަގަކުރައްވާފައެވެ. މީގެއިތުރުން، ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އިސްރަށްވެހިން ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ބިން ހިއްކުމުގެ މައްސަލައަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. "ބިން ހިއްކުމުގެ ކަންކަމާއި، ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެންނައިރު ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް މިނިސްޓްރީއާވެސް މަޝްވަރާކޮށްގެން ކުރިއަށް ގެންދާނަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އަދި މި މައްސަލައަށް ރަނގަޅު ހައްލެއް ހޯދުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މި ބައްދަލުވުމަކީ ރަށުގެ ތަރައްޤީއަށް އައު އުންމީދުތަކެއް ގެނެސްދިން ބައްދަލުވުމެއްކަން ފާހަގަކުރެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް