ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ބަނޑިދޫއަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އިއްޔެ ހަވީރު ފެށިގެން ތިން ދުވަހުގެ މުއްދަތަށް، ނިލަންދެއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާދަތުރުފުޅެކެވެ. މިހާތަނަށް ރައީސް ވަނީ ކުޑަހުވަދުއަށާއި މާއެނބޫދޫއަށް ވަޑައިގެންފައެވެ.
ބަނޑިދޫގައި ރައީސް އިފްތިތާޙް ކުރައްވާ މަޝްރޫޢުތަކުގެ ތެރޭގައި އައިސްޕްލާންޓުގެ މަސައްކަތް ފެށުމާއި އޭޓީއެމް ޚިދުމަތް ހިމެނެއެވެ. މީގެ އިތުރުން ރައީސް ވަނީ އެރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެ ކަމަށް ހާމަކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. މިއީ ރައީސްގެ ވަޢުދާ އެއްގޮތަށް، ރިޔާސީ ދައުރުގައި ކޮންމެ ރަށަކަށް ދެފަހަރު ޒިޔާރަތްކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މިހާތަނަށް އެއް ރަށެއްގެ ކައުންސިލް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލްތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް