ދެކުނު ޕޮލިސް ސަރަޙައްދުގައި ހިމެނޭ ރަށެއްގެ ސްކޫލެއްގެ އަންހެން ޓީޗަރަކު، އެ ސްކޫލުގެ 8 ވަނަ ގްރޭޑްގެ ފިރިހެން ދަރިވަރަކަށް ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅިއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ 2025 ޖަނަވަރީ 21 ވަނަ ދުވަހުއެވެ. އަދި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާ ކަމަށާއި، މައްސަލައާ ގުޅުންހުރި އިދާރާތަކާ މަޢުލޫމާތު ހިއްސާކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެކެވެ. އަދި މި މައްސަލައިގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރާނެ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު އެއްވެސް ތަފްސީލެއް މިވަގުތު ހާމަކޮށްފައި ނުވި ނަމަވެސް، މިފަދަ މައްސަލަތަކުގައި ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް