ކުށުގެ ރިކޯޑުތައް ގިނައިރު އޭގެތެރޭގައި ސްކޭމްކުރުމުގެ ގިނަ ރެކޯޑްތަކެއް އޮންނަކަމަށް ތުހުމަތުކުރެވިފައިވާ ޒުވާނަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ ގ. ސިނަމާލެ 01 05-13 ޒައިދާން މުހައްމަދު ހާޝިމް (28އ.) ހޯދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އޭނާ ކޯޓަށް ހާޒިރުނުކުރެވިގެން ބަންދުގައި ބަހައްޓައިގެން އޭނާ ހާޒިރުކޮށްދޭން ފުލުހުންގެ މައްޗަށް އަމުރު ނެރުމުން ކަމަށެވެ.
ހަމަމިއާއެކު ޒައިދާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.
މަކަރާއި ހީލަތުގެ މައްސަލައެއްގައި ކުރިންވެސް ޒައިދާން ވަނީ ހައްޔަރުކޮށްފައެވެ. އަދި ޒައިދާން އިތުރު ބައެއްގެ އަތުން ވެސް ފައިސާ ހޯދިތޯ ބަލަން 2023 ވަނަ އަހަރު ފުލުހުން އިއުލާންވެސްކުރި އެވެ. އެމައްސަލައިގެ ވަގުތުގައި ފުލުހުން ބުނި ގޮތުގައި ޒައިދާން ވަނީ މަކަރާއި ހީލަތުން މީހުންގެ އަތުން މުދާ އަތުގައި އަދި ވިއްކާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް