މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު ފަރާތުގެ އަތުން 1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިދިޔަ ހުކުރު ދުވަހު ހިންގުނު މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މއ. ހިތްތަލަވިލާ / މާލެ، މުހައްމަދު ކިޔާން އަހްމަދު ނާޒިމް (19 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާލޭގެ ރެސްޓޯރަންޓެއްގެ ތެރެއިންނެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ގޭންގު ކްރައިމް އެންފޯސްމަންޓުގެ ފުލުހުން ހިންގި މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޑްރަގް އެންފޯސްމަންޓުގެ އެހީތެރިކަމާއެކުގައެވެ.
ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް