ބާސްކެޓް ބޯޅަ ޓްރެއިނިންގ ސެންޓަރު ހުޅުވައިފި
ބާސްކެޓްބޯޅަ ޓްރެއިނިންގ ސެންޓަރ ހުޅުއްވައިފިއެވެ. މި ސެންޓަރު ހުޅުއްވައިދެއްވާފައިވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިއުއެވެ. މިއީ އެ މިނިސްޓްރީއާއި ބާސްކެޓްބޯޅަ ކޮމިއުނިޓީ ގުޅިގެން ތަރައްޤީކޮށްފައިވާ ތަމްރީނު ސެންޓަރެކެވެ. މި ސެންޓަރުގެ ސަބަބުން ޓީމުތަކާއި ކުޅުންތެރިންނަށް އާ ހަރުފަތަކަށް ވާސިލުވުމަށް އެހީތެރިވެދޭނެކަމަށް ބެލެވެއެވެ. މި ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމާއި 16 އަހަރުން ދަށުގެ ޤައުމީ ޓީމާ ދެމެދު ކުރު މެޗެއް ކުޅެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް