އިންޓަރސުކޫލު އެތުލެޓިކްސް މީޓް 2025، ހދ. ކުޅުދުއްފުށީ ސިޓީގައި މިއަދު ފަށައިފިއެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގައި، ހއ، ހދ އަދި ށ އަތޮޅުގެ ޖުމްލަ ނަވާރަ ސްކޫލަކުން 774 އެތުލީޓުން ވާދަކުރާއިރު، މި މުބާރާތް ކުރިއަށް ދާނީ ޖޫން 21 އިން 26 އަށް، ކުޅުދުއްފުށި ސްޓޭޑިއަމްގައެވެ.
މިއީ ޖުމްލަ 108 އިވެންޓް މި މުބާރާތުގައި އޮންނައިރު، 8 އުމުރުފުރާގެ ބައިން ދަރިވަރުން ވާދަކުރާ މުބާރާތެކެވެ.
ކުޅުދުއްފުށީ ސިޓީގައި މިފަދަ ބޮޑު މުބާރާތެއް ބޭއްވުމަށް އެ ސިޓީ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން ބުނި ގޮތުގައި، މިއީ ކުޅިވަރާއި ހަށިހެޔޮކަމާއި ވުޒާރާއާއި ކުޅުދުއްފުށީ ސިޓީކައުންސިލުގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކުރިޔަށް ގެންދާ މުބާރާތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް