އިޒްރޭލު ޕާސްޕޯޓު އޮންނަ ކޮންމެ މީހަކަށް ރާއްޖެ އެތެރެވުން މަނާކުރާ ބިލެއް މަޖިލީހަށް ހުށަހަޅައިފި

އިޒްރޭލު ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެވުން މަނާކުރެވޭ ގޮތަށް އިމިގްރޭޝަން ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދެވެ. ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް މީހުން އައުމާއި ފުރުމާ ގުޅޭ ޚާއްޞަ އަދި އާންމު އުސޫލުތައް ކަނޑައެޅުމެވެ. އަދި ބިދޭސީން ރާއްޖެއަށް އައުމާއި ރާއްޖޭގައި ތިބުމުގެ ހުއްދަ ދިނުމުގެ އުސޫލުތައް ސާފުކުރުމެވެ.

ރާއްޖެއަށް އައުމާއި ތިބުމުގެ ހުއްދަ ނެތް ފަރާތްތަކާމެދު އަމަލުކުރާނެ ގޮތްތައް ކަނޑައެޅުންވެސް ބިލުގައި ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، އެއްވެސް ޝަރުތެއް ނެތި އިޒްރޭލު ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެ އެތެރެވުން މަނާކުރުމަކީ ސަރުކާރުގެ ސާފު ސިޔާސަތަކަށް ވާތީ ބިލުގައި އެކަން ހިމަނާފައިވާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް