ރިވެލި އެވޯޑު ހާސިލުކުރި 8 ފަރާތަކަށް މެޑަމް ސާޖިދާ އެވޯޑު ހަވާލުކުރައްވައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ "ރިވެލި އެވޯޑު 2026" ހާސިލުކުރި 8 ފަރާތަކަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވޯޑު ހަވާލުކުރައްވައިފިއެވެ.

ރޭ ބޭއްވި މި އެވޯޑު ދިނުމުގެ ރަސްމީ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ދިވެހިރާއްޖޭގައި ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް، އެންމެން ބައިވެރިވާ އަދި އެންމެންނަށް ޤަދަރުކުރާ މުޖުތަމަޢެއް ކަމަށެވެ.

އަދި އެވޯޑު ލިބުނު ފަރާތްތަކަކީ އާދަޔާ ޚިލާފު ކުޅެދުންތެރިކަމާއި ފަންނުވެރިކަން ދައްކުވައިދީފައިވާ އަގުހުރި ބައެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.

މީގެއިތުރުން، މުޖުތަމަޢުގެ އެންމެހައި ނިޒާމުތައް ބައްޓަންކުރަންވާނީ އޯގާތެރިކަމާއި ކަމޭހިތުމާއެކު، އެންމެންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ކަށަވަރުވާނޭ ފަދަ ގޮތަކަށް ކަމުގައިވެސް އެ ވާހަކަފުޅުގައި ބާރުއަޅުއްވާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް