ސީ-ޓު-އެއާ ޚިދުމަތުގެ ދަށުން އޮކްޓޫބަރުގައި 88 ޓަނުގެ މުދާ ބޭރަށް ފޮނުވައިފި

ކަނޑުމަގުން ރާއްޖެއަށް ގެނެސް ވައިގެ މަގުން ބޭރަށް ފޮނުވާ ސީ-ޓު-އެއާ ކާގޯ ޓްރާންސްޝިޕްމަންޓް ޚިދުމަތުގެ ދަށުން، މިދިޔަ އޮކްޓޫބަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް 88 ޓަނުގެ މުދާ ބޭރަށް ފޮނުވައިފިއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު މި މުދާ ފޮނުވާފައިވަނީ ފަސް ޤައުމަކަށެވެ. މުދާ ފޮނުވީ މައިގަނޑު ގޮތެއްގައި ޤަތަރު އެއާވޭސް، ސްވިސް އަދި ޓާކިޝް އެއާލައިންސް މެދުވެރިކޮށެވެ.

ސީ-ޓު-އެއާ ޚިދުމަތަކީ ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ، ވައިގެ މަގުން އަވަހަށް ބޭނުންވާ މަންޒިލަށް ފޯރުކޮށްދިނުމަށް 2024 ވަނަ އަހަރު ރާއްޖޭގައި ފެށި ޚިދުމަތެކެވެ. މި ޚިދުމަތުގެ ދަށުން މުދާ ފޮނުވެނީ މައިގަނޑު ގޮތެއްގައި ޔޫރަޕާއި އެމެރިކާގެ މަންޒިލްތަކަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް