ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސައިން އާދަމް ބިލްޑިންގް

މޫނުބުރުގާ އަޅައިގެން ހުރެ ވައްކަންކުރިކަމުގެ ތުހުމަތުގައި އިންޑިއާގެ ފިރިހެނަކު މާލެއިން ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 7 ދުވަހުގެ މުއްދަތެއް ދީފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ޝާހުލް ޔެހަޔާ އަބްދުލްރަޖާކް އެވެ.

ކޯޓު އަމުރުގައިވާ ގޮތުން، ވައްކަންކުރި ތަނުގައި މޫނުބުރުގާ އަޅައިގެން ދަބަހެއް ހިފައިގެން ހުއްޓާ ފެނިގެން ފުލުހުން ސުވާލުކުރަން މަސައްކަތްކުރުމުން އޭނާ ވަނީ ފިލަން މަސައްކަތްކޮށްފައެވެ.

އަދި އޭނާގެ މައްޗަށް ކުރެވޭ ވައްކަމުގެ ތުހުމަތު ސާބިތުކުރުމަށް އެކަށީގެންވާ ވަރަށް ފުލުހުން ކޯޓަށް ހެކި ހުށަހަޅާފައިވާތީ، ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް