ޕިކްނިކް އައިލެންޑް ކުޑަގިރި

ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީކުރުމުގެ މަޝްރޫޢު އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާކަން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު މިއަދު ހާމަކުރައްވައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަކީ ސަރުކާރުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން އާއިލާތަކާއި ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީކުރަން ބަޖެޓުގައި ހިމެނި ނަމަވެސް، އެކަމަށް ޚާއްޞަކުރި ޖުމްލަ ޢަދަދު ހާމަކުރައްވާފައެއް ނުވެއެވެ.

ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީކޮށްދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އިޢުލާނުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، ހުރިހާ އަތޮޅެއްގައި ޕިކްނިކް އައިލެންޑެއް ހެދުމުގެ އިތުރުން، ބޭނުންޖެހިފައިވާ ވަކިވަކި ރަށްރަށަށް ޚާއްޞަކޮށްގެންވެސް ޕިކްނިކް ދާނެ ރަށްރަށް ތަރައްގީކުރެވޭނެ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް