އިންޑިއާގެ ޓްރިވެންޑްރަމަށް ބޭސްފަރުވާއަށް ގޮސް އުޅުނު ދިވެއްސަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އާއިލާއިން ފަށައިފިއެވެ.
މި މައްސަލައިގައި ގެއްލިގެން ހޯދަމުންދަނީ ރ. މީދޫ، އަތަމާގެ، އަލީ އިބްރާހިމް (އައްޔަބެ) އެވެ.
އާއިލާއިން މަޢުލޫމާތު ދޭ ގޮތުގައި އައްޔަބެގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ރޭ ފަތިހު 5:30 ހާއިރުއެވެ. އޭނާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ދަނބުކުލައިގެ ޓީޝާޓަކާއި މަޑު ނޫކުލައިގެ މުންޑެކެވެ.
އަލީ އިބްރާހިމް (އައްޔަބެ) އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ވަޓްސްއެޕް މެދުވެރިކޮށް +960 9129561 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް އާއިލާއިން އެދެއެވެ.




