ކްރިމިނަލް ކޯޓު

އުމުރުން އެންމެ ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ސާބިތުވެ، މީހަކު 20 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޖަލު ހުކުމް އައިސްފައިވަނީ ހއ. ހޯރަފުށީ، ހުދުހުދުގެ، މުޙައްމަދު ނާއިޝްގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލީ 2025 ވަނަ އަހަރުން ފެށިގެން އެކި ދުވަސްމަތިން އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާތީއެވެ.

ޝަރީއަތުން ކުށް ސާބިތުވެ އޭނާ 20 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ނަމަވެސް، މި މައްސަލައިގެ ތަހުގީގަށާއި ޝަރީއަތަށް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން، ދެން އޭނާ ތަންފީޒު ކުރަންޖެހޭނީ 18 އަހަރާއި ހަތް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް