އިސްރާގް: އޭނާގެ މައްޗަށް ކޮށްފައިވަނީ ހަތަރު މަހުގެ ހުކުމެއް -- ފޮޓޯ/ ފުލުހުން

މީހެއްގެ އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ނެގި ސްކޭމްގެ މައްސަލައެއްގައި މި އަހަރުގެ ޖަނަވަރީ މަހު ހައްޔަރުކުރި މީހުންގެ ތེރޭގައި ހިމެނޭ، ގދ. ތިނަދޫ / ގުލްބަކާގެ، ޢަބްދުﷲ އިސްރާގް (19އ) ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އިސްރާގްގެ މައްޗަށް ދައުލަތުން އުފުލި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން އޭނާ ވަނީ ޕީޖީ އޮފީހާއެކୁ އިޢުތިރާފުގެ އެއްބަސްވުމެއް ހަދައި، ޝަރީޢަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެފައެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު އަދަބެއް ނަމަވެސް، އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ކަނޑައެޅުނީ ނުވަ މަހާއި 18 ދުވަހުގެ ޖަލު އަދަބެކެވެ. މީގެއིތުރުން ތަޙުގީގަށާއި ޝަރީޢަތުގައި ބަންދުގައި ހޭދަކުރި ފަސް މަހާއި 15 ދުވަސް އުނިކުރުމުން، އޭނާ މިހާރު ތަންފީޒުކުރަން ޖެހޭނީ ހަތަރު މަހާއި ތިން ދުވަހުގެ ޖަލު އަދަބެކެވެ. މި ގޮތަށް ހުކުމް އިއްވެވީ ގާޒީ އިބްރާހީމް ޒިހުނީއެވެ.

މި މައްސަލައިގެ ފަސްމަންޒަރަށް ބަލާއިރު، މި އަހަރުގެ ޖަނަވަރީ 21 ވަނަ ދުވަހުން ފެށިގެން ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އިސްރާގާއެކު ޖުމްލަ 10 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުން ވަނީ މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ބޭންކު އެކައުންޓުން 279,600 އަށްވުރެ ގިނަ ރުފިޔާ ނަގާފައެވެ. ޝަރީޢަތުގެ ލިޔެކިޔުންތަކުން ދައްקާގޮތުގައި އިސްރާގު ހަވާލުވެފައިވަނީ އިންޓަނެޓް ބޭންކިން ކޮމްޕްރޮމައިޒްކޮށް ޑޮލަރު އެކައުންޓުން އެކި ފަރާތްތަކަށް ފައިސާ ޖަމާކުރުމަށްފަހު، އޭޓީއެމް މެދުވެރިކޮށް ނެގި ދިވެހި ފައިސާއާއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް