ބ. އޭދަފުށީ ސްޕޯޓްސް ޕާކުގެ ފާރު ރޭނުމާއި ޕްލާސްޓަރ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ

ބ. އޭދަފުށީގައި ތަރައްގީކުރާ ސްޕޯޓްސް ޕާކުގެ ބައުންޑްރީ ވޯލް ނުވަތަ ފާރު ރޭނުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ މަސައްކަތްތައް ހިއްސާކުރަމުން އެމްޓީސީސީއިން ބުނީ ، މިވަގުތު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބައުންޑްރީ ފާރު ރޭނުމުގެ މަސައްކަތާއި، އެ ފާރުގައި ސިމެންތި ޖަހައި ޕްލާސްޓަރ ކުރުމުގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ނިމުމަކާ ގާތަށް ގޮސްފައިވާއިރު، މިއީ އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ މުހިންމު މަރުހަލާއެކެވެ.

ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ އިތުރު ފުރުސަތުތަކާއި ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމުގެގޮތުން ހިންގާ މިފަދަ މަޝްރޫއުތަކަކީ އޭދަފުށީގެ ކުޅިވަރުގެ އޮނިގަނޑު އިތުރަށް ތަރައްގީވެގެންދާނެ ކަމެކެވެ. ޚާއްޞަކޮށް ސްޕޯޓްސް ޕާކް ސަރަހައްދު ފެންވަރު ރަނގަޅުކޮށް، އެތަނުގެ ވަށައިގެން ފާރު ރޭނުމުގެ ސަބަބުން ތަން ބަލަހައްޓަން ފަސޭހަވެ، ޕާކުގެ ސާމާނާއި ވަސީލަތްތައް ހިމާޔަތްކުރުމަށް ބޮޑު އެއްބާރުލުމަކަށް ވެގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް