މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭ މަގުތަކުގައި ފެންބޮޑުވުން

މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި މާލޭގެ ގިނަ މަގުތަކެއްގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ އަދި ގަޑިއަކު 45 މޭލަށް ވައިގަދަވާނެއެވެ. މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެތީ، ނޭޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ކަމާބެހޭ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އިލްތިމާސްކޮށްފައެވެ:

  • ގެދޮރާއި މުދާ ރައްކާތެރިކުރުން: ގޭގެ އޮޅިގަނޑު އުސްކުރުމާއި، ވެލިބަސްތާ ޖެހުމާއި، އަގުބޮޑެތި މުދާ އުސް ތަންތަނަށް ބަދަލުކުރުން. ކުއްލި ހާލަތެއް ދިމާވެއްޖެނަމަ 911 އަށް ގުޅުމަށް އެންޑީއެމްއޭއިން ހަނދާންކޮށްދެއެވެ.

  • ކަނޑުދަތުރުކުރާ ފަރާތްތަކަށް: ދަތުރުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރުމަށާއި، ލައިފްޖެކެޓާއި މުވާސަލާތީ ވަސީލަތްތައް އަދި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހަމައަށް ހުރިތޯ ބެލުމަށް ވަނީ އެދިފައެވެ.

  • ވޯޓަ ސްޕޯޓްސް އަދި ޑައިވިން: މެޓް އޮފީހުން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވާ ވަގުތުތަކުގައި ކަނޑުދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް